ދޫނިދޫ ކަސްޓޯޑިއަލްގެ މާއްދީ ޙާލަތާއި ޢާއްމު ޙާލަތު ދެނެގަތުމަށް އެޗްއާރުސީއެމްގެ ޒިޔާރަތެއް
ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްގެ މާއްދީ ޙާލަތާއި ޢާއްމު ޙާލަތު ދެނެގަތުމަށް، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން މޮނިޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ. މި ޒިޔާރަތުގައި ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްގެ އިސްވެރިންނާއި، މުއައްޒަފުން އަދި ބަންދުގައި ތިބިފަރާތްތަކާ ބައްދަލުކޮށްފައިވެއެވެ. އެޗްއާރުސީއެމްއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ، ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްގައި ތަހުޤީޤަށް ބަންދުކުރެވޭ މީހު...