ލަންދޫ ބަނދަރު ރަސްމީކޮށް ހުޅުވައިފި
ނ. ލަންދޫ ބަނދަރު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. ލަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ބަނދަރު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ. މި ރަސްމިއްޔާތުގައު ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ލަންދޫ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި ލަންދޫ ބަނދަރުގެ މަސައްކަތް ނިމިފައިވަނީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން 227 މީޓަރުގެ...