ބިދޭސީ އަންހެނަކަށް ފިރިމީހާ ގެވެށި އަނިޔާކުރި މައްސަލައެއް
ބިދޭސީ އަންހެނަކަށް އޭނާގެ ފިރިމީހާ ގެވެށި އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ބިދޭސީ އަންހެނަކަށް އޭނާގެ ފިރިމީހާ ގެވެށި އަނިޔާކުރި މައްސަލައެއް އެ ޚިދުމަތަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 6:20 ހާއިރެވެ. މިކަން ހިނގާފައި ވަނީ މާލޭގެ ގެއެއްގައެވެ. އެ އަންހެން މީހާގެ ފިރިމީހާއަކީ ވެސް ބިދޭސީ އެކެވެ. “އަނިޔާ ލިބުނު އަންހެން މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުން” ފުލުހުން ވިދާޅުވިއެވެ. ފުލ...