ބިޔަ ބޮޑެތި މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށް ނުދާތީ، ހއ އަތޮޅު ކައުންސިލުން ހާއްސަ ރިޕޯޓެއް ހުށަހަޅަނީ
ހއ. އަތޮޅުގެ ތަރައްޤީއަށް ހުރި ބިޔަ މަޝްރޫޢުތައް ބަރު ދުވެލީގައި ކުރިއަށް ނުދާތީ ހާއްސަ ރިޕޯޓެއް ތައްޔާރުކުރުމަށް ހއ. އަތޮޅު ކައުންސިލުން ފާސްކޮށްފިއެވެ. އެކައުންސިލުން މިގޮތަށް ނިންމާފައިވަނީ އެކައުންސިލްގެ 04 ވަނަ ދައުރުގެ 34 ވަނަ އާންމު ބައްދަލުވުމުގައި، އެޖެންޑަރ ކުރެވުނު، ޚިދުމަތް ތަކާއިގުޅިގެން ގުޅުހުންހުރި ވުޒާރާތަކަށް ޒިޔާރަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއްނިންމުމަށް ކުރެވުނު ބަހުސްގަ އެވެ. ހއ. އަތޮޅުގެ ކުރިއެރުމާ ލާބަޔަށް ހުރި ބިޔަ ބޮޑު މަޝްރޫޢުތަކާއި ނަފާހުރި ޕްރޮޖެކްޓްތައް އެހ...