ޓްރާންޝިޕްމަންޓް ބަނދަރެއް ޤާއިމްކުރެވެންދެން، ހޯރަފުށި ދާއިރާއިން ހުށައެޅި ޤަރާރުގައި ހުރި ކަންކަން ކުރަން ނިންމައިފި
އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ޤާއިމްކުރެވެންދެން، ހޯރަފުށި ދާއިރާގެ ތިން ރަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ހުށައެޅި ޤަރާރުގައި ހުރި ކަންކަން ކުރަން ނިންމައިފި އެވެ. މިއަހަރުގެ ޖެނުއަރީމަހުގެ 3 ވަނަ ދުވަހު، އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމް ކުރެވެންދެން 3 ކަމެއް ކޮށްދިނުމަށް އެދި ހޯރަފުށީ ދާއިރާގެ 3 ރަށުން ވަނީ ޤަރާރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ހުށައަޅާފަ އެވެ. ހޯރަފުށި ކައުންސިލްގެ ފަރާތުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނ...