ރާއްޖެ ގެނައި ގަސްކާނާގެ ތެރެއިން މަސްތުވާތަކެތި އަތުލައިގެންފި
އިންޑިއާ މަގުން ރާއްޖެ ގެނައި ގަސް ކާނާ ޝިޕްމަންޓެއްގެ ތެރެއިން 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. މިތަކެތި އަތުލައިގަނެފައިވަނީ، އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ ގެނެސްފައިވާ އެއާ ކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން އިއްޔެ މި ޝިޕްމަންޓް އިތުރަށް ބަލާފާސްކުރުމުގެތެރޭގައެވެ. ކަސްޓަމުން ވިދާޅުވީ، ބަލާފާސްކުރި ޝިޕްމަންޓް ކަސްޓަމްސްއަށް ޑިކްލެއަރ ކޮށްފައިވަނީ “އޯގަނިކް ފާރޓިލައިޒަރ” ގެ ގޮތުގައިކަމަށެވެ. އަދި މިޝިޕްމަންޓުގައި ހުރި “އ...