އުރީދޫ އިން ހިޔާ ފްލެޓުތަކަށް ހާއްސަ ރޯދަ އޮފާއެއް
އުރީދޫ މޯލްޑިވްސް އިން ހިޔާ ފްލެޓުތަކަށް ހާއްސަކޮށްގެން ރޯދަ އޮފާއެއް ތައާރަފު ކޮށްފިއެވެ. އެ އޮފާގެ ދަށުން ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ސުޕަނެޓް ކަނެކްޝަން ގުޅާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފުތާއަކު ނަސީބުވެރިއަކު ހޮވާނެއެވެ. ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 55 އިންޗީގެ ޓީވީ އެއް ލިބޭނެއެވެ. އުރީދޫގެ މި އޮފާގެ ދަށުން އުރީދޫ އިން ސުޕަނެޓް ކަނެކްޝަން ގުޅައިދޭނީ މުޅިން ހިލޭއެވެ. ކަނެކްޝަނުގެ އިތުރުން ލޭންޑްލައިނެއްވެސް އެ ހިދުމަތަށް އެދޭ ކަސްޓަމަރުންނަށް އުރީދޫ އިން […]