ޖުލައި މަހު ގިނަވީ އޮންލައިން ވިޔަފާރިއާއި ގުޅޭ ސްކޭމްތައް، 1.3 މިލިއަން ރުފިޔާގެ މާލީ ގެއްލުން
މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި ސްކޭމްތައްކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، ޖުލައި މަހުގެ ތެރޭގައި ޖުމްލަ 180 ސްކޭމް މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، މި މައްސަލަތަކުގައި ރައްޔިތުންނަށް 1,368,844.56 ރުފިޔާގެ ބޮޑު މާލީ ގެއްލުމެއް ލިބިފައިވެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ހުށަހެޅުނު މައްސަލަތަކުގެ 43.33 އިންސައްތަ ނުވަތަ 78 މައްސަލައ...