Quarterly Digital Edition

THILADHUN

Culture · Horizons · Long-Form Journalism

ކެލާގައި "ދަނޑުވެރި މަންފާ" ގްރާންޓްގެ ދެވަނަ ބުރާއި "ދަނޑުވެރި ނަފާ" ފައިނޭންސިންގ އިފްތިތާޙްކޮށްފި
Cover Story · Feature Essay

ކެލާގައި "ދަނޑުވެރި މަންފާ" ގްރާންޓްގެ ދެވަނަ ބުރާއި "ދަނޑުވެރި ނަފާ" ފައިނޭންސިންގ އިފްތިތާޙްކޮށްފި

ހއ. ކެލާގައި ބޭއްވި ރަސްމިއްޔާތެއްގައި “ދަނޑުވެރި މަންފާ” އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމްގެ ދެވަނަ ބުރާއި، އިސްލާމީ ފައިނޭންސިންގ ނިޒާމަށް ބަދަލުކޮށްފައިވާ “ދަނޑުވެރި ނަފާ” ފައިނޭންސިންގ ފެސިލިޓީ ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މިއީ ދިވެހި ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދޭ...

Selected Essays & Island Profiles

ކެލާގައި "ދަނޑުވެރި މަންފާ" ގްރާންޓްގެ ދެވަނަ ބުރާއި "ދަނޑުވެރި ނަފާ" ފައިނޭންސިންގ އިފްތިތާޙްކޮށްފި
Thiladhunmathi News

ކުރިމަގު ޖަމިއްޔާގެ ބިއްލޫރިފުޅި ހަދިޔާކުރުމުގެ ޕްރޮގްރާމަށް ނަން ނޯޓުކުރުމުގެ އައު ފުރުސަތެއް
Thiladhunmathi News

ކުރިމަގު ޖަމިއްޔާގެ ބިއްލޫރިފުޅި ހަދިޔާކުރުމުގެ ޕްރޮގްރާމަށް ނަން ނޯޓުކުރުމުގެ އައު ފުރުސަތެއް

ހއ. ދިއްދޫއަށް ނިސްބަތްވާ ކުރިމަގު ޖަމިއްޔާއިން ކުރިއަށްގެންދާ “ޕްލާސްޓިކާ ނުލައި” ކެމްޕޭނުގެ ދަށުން، ފެން އަޅާ ބިއްލޫރިފުޅި ހަދިޔާކުރުމުގެ ޕްރޮގްރާމަށް އެދި ނަން ނޯޓުކުރުމުގެ އައު ފުރުސަތެއް މިއަދު ހުޅުވާލައިފިއެވެ. މި ކެމްޕޭނަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމަށާއި، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އާދަތަކަށް ބާރުއެޅުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މި ޕްރޮގްރާމްގެ ދަށުން ރަށްރަށުގެ ސްކޫލްތަކަށާއި ސަރުކާރުގެ އޮފީސްތަކަށް އަލުން ބޭނުންކުރެވޭ “ވޮސް” (VOSS) ބ...

މެސީގެ ބައްޕަ މަރުވެއްޖެ
Sports

މެސީގެ ބައްޕަ މަރުވެއްޖެ

އެމެރިކާގެ އިންޓަ މިއާމީ އަށް މިހާރު ކުޅެމުން އަންނަ އާޖެންޓީނާ އަދި އެފްސީ ބާސެލޯނާގެ ލެޖެންޑް، މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީގެ ބައްޕަ، ޖޯޖް މެސީ، އުމުރުން 68 އަހަރުގައި މަރުވެއްޖެ ކަމަށް އާޖެންޓީނާ އާއި ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އިންފޯބޭ އާއި އެލް އެސްޕަނޯލް ފަދަ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މެސީގެ އާއިލާގެ އެންމެ އިސް މެންބަރު މަރުވީ އާޖެންޓީނާގެ ރޮސާރިއޯގައި ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރުގެ ވަގުތެއްގައެވެ. ޖޯޖް […]

ހަނިމާދޫ ކައުންސިލްގެ ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތް ހިންގުމަށް "ޑްރާފްޓް އެންޑް ކްރާފްޓް" އަށް
Thiladhunmathi News

ހަނިމާދޫ ކައުންސިލްގެ ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތް ހިންގުމަށް "ޑްރާފްޓް އެންޑް ކްރާފްޓް" އަށް

ހދ.ހަނިމާދޫ ކައުންސިލުން އިންތިޒާމްކޮއްގެން ބާއްވާ ” އިންޓަރ އޮފީސް ފުޓްސަލް އަދި ހޭންޑްބޯލް ޓޯނަމެންޓް 2026 ” އިންތިޒާމްކޮށް، މުޅި މުބާރާތް ހިންގުމުގެ މަސްޢޫލިއްޔަތު ” ޑްރާފްޓް އެންޑް ކްރާފްޓް” އާ ޙަވާލުކޮށް، އެކަމުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކޮއްފިއެވެ. ހަނިމާދޫ ކައުންސިލް އިދާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ  ކައުންސިލްގެ ރައީސް ރައީސްގެ ޢަލީ އިބްރާހީމެވެ. އަދި ޑްރާފްޓް އެންޑް ކްރާފްޓްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އޯނަރ...

ފޯކައިދޫ ބަނދަރު ބެލެހެއްޓުމުގެ އުޞޫލަށް އޮޑިވެރިންގެ ޚިޔާލު ހޯދައިފި
Thiladhunmathi News

ފޯކައިދޫ ބަނދަރު ބެލެހެއްޓުމުގެ އުޞޫލަށް އޮޑިވެރިންގެ ޚިޔާލު ހޯދައިފި

ށ. ފޯކައިދޫ ބަނދަރު ބެލެހެއްޓުމުގެ އުޞޫލަށް އޮޑިވެރިންގެ ޚިޔާލު ހޯދުމަށް އެ ރަށު ކައުންސިލުން ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުުމުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ބަނދަރު ބެލެހެއްޓުމަށް އަލަށް އެކުލަވާލާ އުޞޫލަކީ، ރަށުގެ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އޮވެގެން އެކުލަވާލާ އުޞޫލަކަށް ހެދުމެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވަނީި ތިން ކަމަކަށް އަލިއަޅުވާލާފައެވެ. އެގޮތުން ބަދަރު ބެލެހެއްޓުމުގެ އުޞޫލާއި ގުޅޭ މަޢުލޫމާތު އޮޑިވެރިންނާ ހިއްސާކޮށް، އޮޑިވެރިންގެ ޚިޔާލާއި ކަންބޮޑުވު...

ދުނިޔޭގެ ގާތުން ދޭ ހަފުތާ: ހަނިމާދޫގައި ހޭލުންތެރިކުރުވުމުގެ ސެޝަނެއް
Thiladhunmathi News

ދުނިޔޭގެ ގާތުން ދޭ ހަފުތާ: ހަނިމާދޫގައި ހޭލުންތެރިކުރުވުމުގެ ސެޝަނެއް

2026 ވަނަ އަހަރުގެ ގާތުންދޭ ހަފުތާ ފާހަގަކުރުމުގެ ގޮތުން، ހދ. ހަނިމާދޫގެ މާބަނޑު މީހުންނަށާއި ގާތުންދޭ މައިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުވުމުގެ ސެޝަނެއް ބާއްވައިފިއެވެ. މި ސެ ޝަނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ ޕަބްލިކް ހެލްތު ޔުނިޓާއި، އާރް.އެޗް ސެންޓަރު އަދި ހަނިމާދޫ ސިއްޙީ މަރުކަޒު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. މި ސެޝަންގެ މައިގަނޑު ޢަމާޒަކީ އެންމެން ގުޅިގެން  އާއިލާތައް ބިނާކުރުމުގައި ބޭނުންވާނެ މައުލޫމާތާއި، އަޅާލުން ދިނުމުގެ އިތުރުން އެހީތެރިކަމުގެ ވަރުގަދ...

ތޫފާން ''ޑޮލްފިން'' ޖަޕާނުގެ އޮކިނާވާ އަށް އަރައި ބޮޑެތި ގެއްލުންތަކެއް، ޗައިނާގެ ބަނދަރުތައް ބަންދު
International

ތޫފާން ''ޑޮލްފިން'' ޖަޕާނުގެ އޮކިނާވާ އަށް އަރައި ބޮޑެތި ގެއްލުންތަކެއް، ޗައިނާގެ ބަނދަރުތައް ބަންދު

ބާރުގަދަ ތޫފާން ޑޮލްފިން ހޮނިހިރު ދުވަހު ޖަޕާނުގެ ދެކުނުގެ އޮކިނާވާ ޕްރިފެކްޗަރަށް އަރައި، ފަސް މީހަކު ޒަޚަމްވެ 14,000 އަށްވުރެ ގިނަ އިމާރާތުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ. މި ތޫފާން ޗައިނާގެ އިރުމަތީ އައްސޭރިފަށަށް އަރާނެ ކަމަށް ބެލެވޭތީ، އެ ގައުމުން މިހާރު ވަނީ ބަނދަރުތަކާއި ފެރީގެ ދަތުރުތައް މެދުކަނޑާލާފައެވެ. ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނި ގޮތުގައި، ތޫފާން މިހާރު ދަތުރުކުރަމުންދަނީ ގަޑިއަކު 15 ކިލޯމީޓަރުގެ ބާރުމިނުގައި ހުޅަނގު އުތުރަށެވެ. ތޫފާނުގެ މަރުކަޒުގައި ވަޔާއި ގަދ...

ޕީއެސްޖީން މޮނާކޯގެ ވިންގަރ މެގްނަސް އަކްލިއޫޝް ސޮއިކުރުވައިފި
Sports

ޕީއެސްޖީން މޮނާކޯގެ ވިންގަރ މެގްނަސް އަކްލިއޫޝް ސޮއިކުރުވައިފި

ޗެމްޕިއަންސް ލީގުގެ ކާމިޔާބީތައް ހޯދަމުން އަންނަ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން އެ ޓީމުގެ އެޓޭކް ވަރުގަދަކުރުމުގެ ގޮތުން މޮނާކޯއަށް ކުޅެމުން އައި ފްރާންސްގެ ވިންގަރ މެގްނަސް އަކްލިއޫޝް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބުރާސްފަތި ދުވަހު ސޮއިކުރުވައިފިއެވެ. ޕީއެސްޖީން މި ސޮއިކުރުން އިއުލާނުކުރި ނަމަވެސް، ޓްރާންސްފާގެ މާލީ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފްރާންސްގެ ކުޅިވަރު ނޫހެއް ކަމަށްވާ L’Equipe އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، 24 އަހަރުގެ މި ކުޅުންތެރި...

އިޒްރޭލަށް ޖާސޫސްކޮށްދިން ޔުނިސެފްގެ މުވައްޒަފަކާ މެދު ފިޔަވަޅު އަޅަނީ
International

އިޒްރޭލަށް ޖާސޫސްކޮށްދިން ޔުނިސެފްގެ މުވައްޒަފަކާ މެދު ފިޔަވަޅު އަޅަނީ

އިޒްރޭލުގެ ޑިޕްލޮމޭޓުންނަށް އދ. ގެ ސިއްރު މައުލޫމާތުތަކެއް ހިއްސާކުރި ކަމަށް ތުހުމަތު ކުރެވޭ ޔުނިސެފްގެ އިސް މުވައްޒަފަކާ މެދު އެކަށީގެންވާ ފިޔަވަޅު އަޅަމުންދާ ކަމަށް އދ. އިން ހާމަކޮށްފިއެވެ. އދ. ގެ ޑެޕިއުޓީ ތަރުޖަމާނު ފަރްހާން ހަގް ހުކުރު ދުވަހު ވިދާޅުވީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ މުވައްޒަފަކީ ޔުނިސެފްގެ ވޮޝިންޓަން އޮފީހުގެ އިސްވެރިޔާ ޔަހަވް ލިޗްނާ ކަމަށެވެ. ފަރްހާން ހަގް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ލިޗްނާ އާ ދެކޮޅަށް ކުރެވިފައިވާ “ސީރިއަސް ތުހުމަތުތަކާ” ގުޅިގެން […]