ސާމިހްގެ ގޯލުން ހަނިމާދޫ ބަލިކޮށް ނޮޅިވަރަންފަރު ފެށުން ރަނގަޅުކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް، “އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅުގެ ފުރަތަމަ މެޗު ނޮޅިވަރަންފަރު ކާމިޔާބުކޮށްފިއެވެ. ނޮޅިވަރަންފަރު މި މުހިންމު މޮޅު ހޯދީ 1-0ގެ ނަތީޖާއަކުން ހަނިމާދޫ ބަލިކޮށްގެންނެވެ. ހަމަހަމަ ކުޅުމެއް ފެނުނު މިމެޗުގައި ނޮޅިވަރަންފަރުގެ ލަނޑު ފެނުނީ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށެވެ. އެއީ ނޮޅިވަރަންފަރުގެ ޖޯޒީ ނަންބަރު 10 މުހައްމަދު...