ކާރިސާތަކަށް އިޖާބަދިނުމަށް ކެލާގައި ހާއްސަ ތަމްރީނުތަކެއް
ކުއްލި ހާލަތްތަކުގައި އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، ހއ. ކެލާގައި ކޮމިއުނިޓީ އިމަޖެންސީ ރެސްޕޮންސް ޓީމު (ސާޓް) އަށް ހާއްސަ ތަމްރީނުތަކަކާއި ކުއްލި ހާލަތްތަކަށް އިޖާބަދިނުމުގެ އަމަލީ ތަމްރީނު ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފިއެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ތަމްރީނުތަކަކީ، އެ އިދާރާގެ “ކޮމިއުނިޓީ-ބޭސްޑް ރެސިލިއަންސް ބިލްޑިންގ” (ސީބީއާރުބީ) ޕްރޮގްރާމްގެ ދަށުން ހިންގުނު ހަރަކާތްތަކެކެވެ. މި ޕްރޮގްރާމް ކުރިއަ...