Quarterly Digital Edition

THILADHUN

Culture · Horizons · Long-Form Journalism

ނަރުދޫ ދަނޑުވެރިން "އެމް-ގެޕް" ސްކީމަށް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވަނީ
Cover Story · Feature Essay

ނަރުދޫ ދަނޑުވެރިން "އެމް-ގެޕް" ސްކީމަށް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވަނީ

ށ. ނަރުދޫ ކައުންސިލުން މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (އެމް ގެޕް) މަޢުލޫމާތު ސެޝަނެއް އެ ރަށުގައި ބާއްވަން ނިންމައިފިއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސްއާއި، ނަރުދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (އެމް ގެޕް) ސްކީމަށް  އެ ރަށުގެ ދަނޑުވެރިން އަހުލުވެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ، މަޢުލޫމާތު ސެޝަން  27 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ނަރުދޫ ސްކޫލްގައި […]

Selected Essays & Island Profiles

ނަރުދޫ ދަނޑުވެރިން "އެމް-ގެޕް" ސްކީމަށް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވަނީ
Thiladhunmathi News

ނައިވާދޫގެ ސިވިވިލް ސާވިސް މުވައްޒަފުން ތާޒާކުރުމަށް ޕްރޮގްރާމެއް
Thiladhunmathi News

ނައިވާދޫގެ ސިވިވިލް ސާވިސް މުވައްޒަފުން ތާޒާކުރުމަށް ޕްރޮގްރާމެއް

ހދ.ނައިވާދޫގެ ސިވިލް ސަރވިސް އިދާރާތަކުގެ މުވައްޒަފުން، ސިވިލް ސަރވިސް ޤަވާޢިދަށް އަޙުލުވެރިކުރުވުމުގެ ޕްރޮގްރާމެއް އެ ރަށުގައި ކުރިއަށް ގެންގޮސްފިއެވެ. ނައިވައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) މުސްޠަފާ އިބްރާހީމް “ތިލަދުން”އަށް ވިދާޅުވީ، މި ޕްރޮގްރާމަކީ ސިވިލްސާވިސްގެ ބައެއް  ޤަވާޢިދުތަކަށް ބަދަލުތަކެއް އަންނަމުންދާތީއާއެކު، ޤަވާޢިދުތަކަށް އަހުލުވެރިކުރުވުމަށް ބޭއްވި ޕްރޮގްރާމެއް ކަމަށެވެ. އޭގެއިތުރުން، އެސްޖީ ވިދާޅުވި ގޮތުގައި ނައިވާދޫ ފަދަ ކުޑަކުޑަ މުޖުތަމައެއްގައި ހަމައެކަނި ކައު...

ކުމުންދޫ އާއި ކުޅުދުއްފުށީ ސިޓީ ޕޮލިސް ގުޅިގެން ކުމުންދޫ އަހަރީ ސްކައުޓް ކޭމްޕް ދަރިވަރުންނަށް ސެޝަނެއް
Thiladhunmathi News

ކުމުންދޫ އާއި ކުޅުދުއްފުށީ ސިޓީ ޕޮލިސް ގުޅިގެން ކުމުންދޫ އަހަރީ ސްކައުޓް ކޭމްޕް ދަރިވަރުންނަށް ސެޝަނެއް

ހދ. ކުމުންދޫ ސްކޫލުގައި ކުރިއަށްގެންދިޔަ “ސްކައުޓް އަހަރީ ކޭމްޕް 2026” ގެ ބައިވެރިންނަށް ޚާއްޞަކޮށްގެން، ކުމުންދޫ ޕޮލިސް ޕޯސްޓާއި ކުޅުދުއްފުށީ ސިޓީ ޕޮލިސް ގުޅިގެން ޓީމް ބިލްޑިންގ ސެޝަނެއް ބާއްވައިފިއެވެ. ދަރިވަރުންގެ މެދުގައި ލީޑަރޝިޕް ހުނަރުތަކާއި ކޮމިއުނިކޭޝަން ސްކިލްސް ހަރުދަނާކޮށް، ތަރައްޤީކުރުމުގެ މި ސެޝަން، ކޯޑިނޭޓްކޮށް، ނަންގަވައިދެއްވީ ކުޅުދުއްފުށީ ސިޓީ ޕޮލިސްގެ ސާޖަންޓް ޙަސަން އިބްރާހީމެވެ. މީގެއިތުރުން، މި ސެޝަންގައި ކުމުންދޫ ޕޮލިސް ޕޯސްޓުގެ ފަރާތުން ސީނިއަރ ސާޖަންޓް އަޙްމަދު ލިޝާން އަ...

އާބާދީ ކުޑަ ރަށްރަށުން މުވައްޒަފުން ނުލިބޭ ނަމަ، އެހެން ރަށެއްގައި ހުރެގެން މަސައްކަތް ކުރެވޭނެ އުސޫލެއް އާންމުކޮށްފި
Raajje

އާބާދީ ކުޑަ ރަށްރަށުން މުވައްޒަފުން ނުލިބޭ ނަމަ، އެހެން ރަށެއްގައި ހުރެގެން މަސައްކަތް ކުރެވޭނެ އުސޫލެއް އާންމުކޮށްފި

އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލް އިދާރާތަކަށް ބޭނުންވާ މުވައްޒަފުން އެ ރަށަކުން ނުލިބޭ ހާލަތްތަކުގައި، އެ އަތޮޅެއްގެ އެހެން ރަށެއްގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތުގެ ހާއްސަ އުސޫލެއް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން އާންމުކޮށްފިއެވެ. ސީއެސްސީން ބުނީ މި އުސޫލުގެ މައިގަނޑު ބޭނުމަކީ އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލް އިދާރާތަކުން ދޭންޖެހޭ އަސާސީ ހިދުމަތްތައް ދިނުމަށް ބޭނުންވާ މުވައްޒަފުން އެ ރަށަކުން ނުލިބޭ ހާލަތުގައި، އެ އަތޮޅެއްގެ އެހެން ރަށެއްގައި ހުރެގެން (އެ ރަށެއްގެ […]

ބޭރު ފައިސާގެ އާމްދަނީން %40 ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ހަދަނީ
Raajje

ބޭރު ފައިސާގެ އާމްދަނީން %40 ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ހަދަނީ

ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ، ރާއްޖެއަށް ޑޮލަރު ލިބޭ މިންވަރު އިތުރުކުރުމަށް މުހިންމު ތިން ފިޔަވަޅެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ...

އައްޑޫ ކެޑޭޓް ކޭމްޕުގައި ބައިވެރިވި ދަރިވަރުންތަކެއް ކާނާ ވިހަވެ ހާލުދެރަވެގެން ފަރުވާދެނީ
Raajje

އައްޑޫ ކެޑޭޓް ކޭމްޕުގައި ބައިވެރިވި ދަރިވަރުންތަކެއް ކާނާ ވިހަވެ ހާލުދެރަވެގެން ފަރުވާދެނީ

އައްޑޫ ސިޓީގައި ކުރިއަށްދާ ބޭސިކް ކެޑޭޓް ކޭމްޕުގައި ބައިވެރިވި ދަރިވަރުންތަކެއް ކާނާ ވިހަވެ، ބައެއް ކުދިންގެ ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ކޮމިޝަނުން ބުނެފައިވަނީ އައްޑޫ ސިޓީ ބޭސިކް ކެޑޭޓް ކޭމްޕުގައި ބައިވެރިވި ދަރިވަރުން ކާނާ ވިހަވެ ބައެއް ކުދިންގެ ހާލު ދެރަވެ ހޮސްޕިޓަލުގައި އެނދުމަތިކުރަން ޖެހުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ...

ޓޫރިޒަމް ޕްރޮމޯޓްކުރާ ކުންފުނީގެ އެމްޑީގެ މަޤާމުން ޝިއުރީ އިސްތިއުފާ ދެއްވައިފި
Business

ޓޫރިޒަމް ޕްރޮމޯޓްކުރާ ކުންފުނީގެ އެމްޑީގެ މަޤާމުން ޝިއުރީ އިސްތިއުފާ ދެއްވައިފި

ރާއްޖޭގެ ޓޫރިޒަމް ޕޮރޮމޯޓް ކުރުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުނި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުން އިބްރާޙިމް ޝިއުރީ އިސްތިއުފާ ދެއްވައިފިއެވެ. އިބްރާހިމް ޝިއުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމަށް އައްޔަނު ކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުގައެވެ. ޝިއުރީއަކީ މާކެޓިންގެ ދާއިރާއިން ޑިގްރީ ހާސިލުކުރައްވާފައިވާ އަދި ޕަބްލިކް ރިލޭޝަންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީވެސް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. ކުރިން “...

ނޮޅިވަރަމް ޕޮލިހުން ފަސް ސްކޫލެއްގެ 200 ދަރިވަރުންނަށް ޓީމް ބިލްޑިން ސެޝަނެއް
Thiladhunmathi News

ނޮޅިވަރަމް ޕޮލިހުން ފަސް ސްކޫލެއްގެ 200 ދަރިވަރުންނަށް ޓީމް ބިލްޑިން ސެޝަނެއް

ހދ. ނޮޅިވަރަމް ސްކޫލުގައި ކުރިއަށްގެންދާ “ކެޑޭޓް އަހަރީ ކޭމްޕް 2026” ގެ ބައިވެރިންނަށް ޚާއްޞަކޮށްގެން، ނޮޅިވަރަމް ޕޮލިސް ސްޓޭޝަނުން، ޓީމް ބިލްޑިންގ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. ހދ.އަތޮޅު ޕޮލިހުން މަޢުލޫމާތުދޭ ގޮތުގައި އޮގަސްޓް 23 ވަނަދުވަހުގެ ހެނދުނު ކުރިއަށް ގެންދިޔަ މި ސެޝަނަކީ ދަރިވަރުންގެ މެދުގައި ލީޑަރޝިޕް ހުނަރުތަކާއި، ކޮމިއުނިކޭޝަން ސްކިލްސް ހަރުދަނާކޮށް ތަރައްޤީކުރުމުގެ މަޤްޞަދުގައި ބޭއްވުނު ސެޝަނެކެވެ. މިއީ މިހާތަނަށް ނޮޅިވަރަމް ސްކޫލުގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ކޭމްޕެވެ. މި ކޭމ...

ކަޅުބާޒާރުގައި ޑޮލަރު ވިއްކުމުގައި ބައެއް ރިސޯޓްތަކާއި ސިޔާސީ ބޭފުޅުންވެސް ހިމެނޭ: ވަޒީރު އިޙްސާން
Raajje

ކަޅުބާޒާރުގައި ޑޮލަރު ވިއްކުމުގައި ބައެއް ރިސޯޓްތަކާއި ސިޔާސީ ބޭފުޅުންވެސް ހިމެނޭ: ވަޒީރު އިޙްސާން

ކަޅުބާޒާރުގައި ޑޮލަރު ވިއްކުމުގައި ރިސޯޓް ވިޔަފާރީގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކޮންސްޓްރަކްޝަން މަސައްކަތްކުރާ މީހުންގެ އިތުރުން ސިޔާސީ ދާއިރާގައި އުޅޭ ބައެއް ފަރާތްތައްވެސް ޝާމިލުވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ކަޅުބާޒާރުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ...