މަޖިލިސް ރައީސާއި އިތުރު ދެ މެމްބަރަކު ޖޭއެސްސީގައި ނުތިބޭ ގޮތަށް ހަދަނީ
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނުހިމެނޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ސަރުކާރުން މިއަދު މަޖިލީހަށް ފޮނުވައިފި އެވެ. އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ އެ ތިން މަގާމުގެ ބޭފުޅުން ޖޭއެސްސީގައި ނުހިމެނޭ ގޮތް ހަދައި މެންބަރުންގެ އަދަދަކީ 7 ކަމަށް ހަމަޖެއްސުމަކީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރާއިރު ގެންނަ މައިގަނޑު ބަދަލު ކަމަށެވެ. “މިގޮތަށް ހުށަހެޅީ ޝަރުއީ ދާއިރާގެ މައް...