އެންމެ ފަހުން ޗެލްސީން ޔުނައިޓެޑަށް މައުންޓް ވިއްކާލަން އެއްބަސްވެއްޖެ
ޗެލްސީއަށް ކުޅެމުން އަންނަ އިންގްލެންޑްގެ ޒުވާން މިޑްފީލްޑަރ މޭސަން މައުންޓް، މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލަން ޗެލްސީން އެއްބަސް ވެއްޖެއެވެ. އަންނަ ސީޒަންގައި ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގައި ވާދަ ކުރުމަށް ޓީމް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، މައުންޓަކީ މި ޓްރާންސްފާގައި މިހާތަނަށް ޔުނައިޓެޑާއި ގުޅުނު ފުރަތަމަ ކުޅުންތެރިޔާއެވެ. ޗެލްސީން މައުންޓް ވިއްކާލަން ނިންމާފައި މިވަނީ އޭނާ ޗެލްސީއާއި އެކު ހަދާފައިވާ އެއްބަސް ވުމުގައި ބާކީ އެއް އަހަރު އޮއްވައެވެ. ޔުނައިޓެޑުން މައުންޓް...