އެމްޕީއެލްގެ މުވައްޒަފުން ތަމްރީން ކުރަން އެންއެމްޔޫސީއާއެކު ސޮއިކޮށްފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފުން ތަމްރީން ކުރުމަށް ނެދަލެންޑްސް މެރިޓައިމް ޔުނިވާސިޓީ ކޮލެޖް (އެންއެމްޔޫސީ) އާއެކު އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ. ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ. އަދި އެންއެމްޔޫސީގެ ފަރާތުން ސޮއި ކުރެއްވީ އެ އިންސްޓިޓިއުޓްގެ އެގްޒެކެޓިވް ޗެއާމަން ދާޓޯ ކެޕްޓަން ރަޒާލީ ޔާކޮބްއެވެ. އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މި ފަހުމުނާމާއަކީ އެމްޕީއެލް އާއި އެންއ...