ސިލްސިލާ ވާހަކަ: ޝިކާޔަތު (14)
ކުރީގެ އަދަދާއިގުޅޭ، ” ބައްޕަގެ މެޔަށް ތަދެއް އެބަ އަރާ ކަންނޭނގެ… ޖާ..ވިދް! ބައްޕަ..” އެހިސާބަށް ބުނެވުމާއިއެކު ޝާކިރުގެ ގައިން ބާރުދޫވެއްޖެއެވެ. ޖާވިދާއި ފާއިޒާގެ އިތުރުން ޝަހާނާވެސް ޝާކިރުގެ ގައިގައި ހިފެހެއްޓިއެވެ. ދުވެފައި އައިސް ޔަޝްމީ ޝާކިރުއާއި ގާތްވާން އުޅުނު ވަގުތު އޭނާ ހުއްޓުވީ ފާއިޒާއެވެ. ” މަޑުކުރޭ ޔަޝްމީ! ކައިރިނުވާތި! ” ރޮވިފައިހުރެ ފާއިޒާ އެހެން ބުނުމުން އަނގަމަތީގައި އަތް އެޅުމަށްފަހު ޔަޝްމީއަށް ބާރަށް ރޯންފެށުނެވެ. ޖާވިދް މަސައްކަތްކުރީ އެ ދިގު ގޮނޑިމަތީގައި ބައްޕަ ބާއްވާލެވޭތޯ...