ކޮންމެ ވެރިޔަކާއިމެދު ވެސް ރުހޭ މީހުންނަށްވުރެ ގިނައީ ނުރުހޭ މީހުން، މިއީ ނިޒާމުގެ މައްސަލައެއް: ނަޝީދު
ކޮންމެ ވެރިޔަކާއިމެދުވެސް ރުހޭ މީހުންނަށްވުރެ ނުރުހޭ މީހުން ގިނަ ކަމަށާއި މިއީ ނިޒާމުގެ ސަބަބުން ދިމާވާ މައްސަލައެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ ގާނޫނު އަސާސީއަށް ގެންނަން ފެންނަ ބައެއް ނިޒާމީ ބަދަލުތަކާ ގުޅޭ ގޮތުން އަލަށް އުފައްދަން އުޅޭ ދަ ޑިމޮކްރެޓްސްގެ މެންބަރުންނާ އެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ. “އަޅުގަނޑުމެން ކޮންމެ މީހަކު ލީމަވެސް ގޯސް މިވަނީ. އަދި ރަނގަޅު […]