ހަނގުރާމަ ފެށީ އަހަރެމެންނެއްނޫން، ދިފާއުވުމަކީ އަހަރެމެންގެ ވެސް ހައްގެއް: އީރާން
އީރާނުން ހަނގުރާމަ ނުފަށާ ކަމަށާއި، އެ ގައުމުން އަޅަމުންދަނީ އަމިއްލަ ދިފާއުގައި ސާބިތު ފިޔަވަޅުތަކެއް ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ. ބުރާސްފަތި ދުވަހު ދެއްވި ބަޔާނެއްގައި ޕެޒެޝްކިއާން ވިދާޅުވީ އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ ވޮޝިންޓަނާ އެކު ސުލްހައިގެ މަޝްވަރާތައް ކުރިއަށްދަނިކޮށް ކަމަށެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކާއި ސަރަހައްދީ ހަބަރު ފަތުރާ ވަސީލަތްތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ރައީސް ޕެޒެޝްކިއާން ވަނީ އެމެރިކާއާއި ޒަޔަނިސ...