ކުނި މެނޭޖުކުރުމަށް 30 މިލިއަން ރުފިޔާގެ އެހީ ކައުންސިލްތަކަށް ސަރުކާރުން ދީފި
ކައުންސިލްތަކަށް ކުނި މެނޭޖުކުރުމަށް 30 މިލިއަން ރުފިޔާގެ އެހީ ސަރުކާރުން ދީފިއެވެ. މިއީ ރަށްރަށުގައި ކުނި މެނޭޖްކުރުމަށް ރަށު ކައުންސިލުތަކަށް ސަރުކާރުން ދޭ އެހީގައި މިއަހަރަށް ބަޖެޓުގައި ހިމަނާފައިވާ 30،800،000 ރުފިޔާއެވެ. މި އެހީ ކައުންސިލްތަކާއި ހަވާލުކުރުމަށް ތިމާވެެއްޓާއި ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީރު އާމިންތު ޝައުނާ ވިދާޅުވީ މި އެހީގެ ސަބަބުން ރަށްރަށުގައި ކުނި މެނޭޖުކުރުމަށް ފަސޭހަތަކެއް ވެގެން ދާނެ ކަމަށާއި އެކަމަށް ކުރާ ހަރަދުތައް ފޫބެއްދޭނެ ކަމަށެވެ. މިއީ މިފައިސާ ފޯރ...