ޖޭޕީ އާއި އެމްއާރްއެމް ގުޅިގެން އެއް ކެންޑިޑޭޓެއް ނެރުމަށް މަޝްވަރާކޮށްފި
މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގުޅިގެން އެއް ކެންޑިޑޭޓެއް ނެރުމަށް މަޝްވަރާކޮށްފިއެވެ. ޖޭޕީގެ މައި ހަރުގެ، މ. ކުނޫޒުގައި މިއަދު ބޭއްވި ބައްދަލުވުމަށް ފަހު، ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ ރައްޔިތުން ބޭނުންވާ ބަދަލު ގެނެވޭނީ ކޮމަން ކެނޑިޑޭޓެއް ނެރެގެން ކަމަށް ސިޔާސީ ގިނަ ބަޔަކު ގާބޫލު ކުރާ ކަމަށެވެ. އެހެންވެ، ޖޭޕީގެ ވިސްނުން ވެސް އެ ދިމާއަށް ނުދާންވީ އެއްވެސް […]