ޔާމީނަށް ވާދަނުކުރެވޭނަމަ ޕީޕީއެމްގެ އާ ކެންޑިޑޭޓެއްގެ ނަން ހުށަހެޅުމުގެ ފުރުސަތަކަށް އެދެފި
ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި ނަމަ، އިތުރު ކެންޑިޑޭޓެއް ނެރުމަށް ޕީޕީއެމަށް ފުރުސަތު ދިނުމުގެ ޔާމީން ސުޕްރީމް ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ. ސުޕްރީމް ކޯޓަށް ޔާމީންގެ ފަރާތުން ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން މިދިޔަ އާދިއްތަ ދުވަހު ނިންމުމާ ގުޅިގެންނެވެ. އިލެކްޝަން ކޮމިޝަނުން އެގޮތަށް ނިންމީ، ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރަށ...