ފުލުހުންގެ ޚިދުމަތް ހަރުދަނާވުމަކީ ޤައުމުގެ އިތުބާރާއި ޤަދަރު ހިފެހެއްޓުމަށް މުހިންމު ކަމެއް: ރައީސް
ފުލުހުންގެ ޚިދުމަތް ހަރުދަނާވުމަކީ ދިވެހި ރައްޔިތުންނަށާއި، ދިވެހި ފަސްގަނޑުގައި ފައި ބީއްސާ ކޮންމެ ބިދޭސީއަކަށާއި، އަދި ދުނިޔޭގެ ކުރިމަތީގައިވެސް މި ޤައުމުގެ އިތުބާރާއި ޤަދަރު ހިފެހެއްޓުމަށް ނުހަނު މުހިންމު ކަމެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދިވެހި ފުލުހުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ. ”ފުލުހުންގެ ޚިދުމަތް ހަރުދަނާވުމަ...