އިންތިހާބީ ރައީސްގެ އޮފީސް ހިންގުމަށް ސްޓެލްކޯގެ 5 ވަނަ ފަންގިފިލާ
އިންތިހާބީ ރައީސްގެ އޮފީސް ހިންގުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) 5 ވަނަ ފަންގިފިލާ ހަމަޖައްސައިފިއެވެ. މިކަން ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ކުރައްވަންޖެހޭ ކަންތައްތައް ކުރެއްވުމަށްޓަކައި، “އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް” މި ނަމުގައި އިދާރާއެއް، 2023 އޮކްޓޫބަރު 5 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އުފައްދަވާފައެވެ. ވެރިކަން ބަދަލުވުމުގ...