ހުޅުމާލޭގެ ބިންތަކާ ގުޅޭ މުއާމާލާތްތައް ނުކޮށް މަޑުޖައްސާލަން އިންތިހާބީ އޮފީހުން އެދިއްޖެ
އިންތިގާލީ މަރުހަލާގެ ތެރޭގައި އާބަންކޯ އިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، އެފަދަ މަސައްކަތެއް ނުކޮށް، މަޑުޖައްސާލަން އިންތިހާބީ އޮފީހުން މިއަދު ގޮވާލައިފިއެވެ. އިންތިހާބީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރު ބަދަލުވަމުންދާ މި މަރުހަލާ ހިނގަމުންދާ ދަނޑިވަޅުގައި އާބަންކޯ އިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެކި މުއާމަލާތްތަކާ ގުޅޭ ތަފާތު 40 އައިޓަމެ...