މަދަނީ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ފުލުހުންގެ އެކުވެރިކަމުގެ ބޮޑު ހިނގާލުމެއް
ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެކުވެރިކަމުގެ ހާއްސަ ހިނގާލުމެއް މާލެއާއި އަތޮޅުތަކުގެ އެކި ރަށްރަށުގައި ބާއްވައިފިއެވެ. މާލެ އޭރިއާގެ ފުލުހުން ބައިވެރިވި މި ހިނގާލުން މިއަދު ހެނދުނު 6:00 އިން ފެށިގެން ކުރިއަށް ގެންގޮސްފައިވަނީ ޖުމްހޫރީ މައިދާނުން ފެށިގެން މާލެ ވަށައިގެންނެވެ. މާލޭގައި ކުރިއަށްދިޔަ މި ހިނގާލުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައ...