ތުރުކީގެ އެހީތެރިކަމާއެކު ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ރާއްޖޭގައި ހިންގަން މަޝްވަރާކޮށްފި
ތުރުކީގެ އެހީތެރިކަމާއެކު ދަނޑުވެރިކަމުގެ ދާއިރާއިން ޚާއްސަ ތަމްރީނު ޕްރޮގްރާމްތައް ދިވެހިރާއްޖޭގައި ހިންގަން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ކުރިއަށް ގެންދަވާފައި ވަނީ އުރްދުޣާންގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން މިހާރު ތުރުކީ ވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތުރުކީވިލާތުގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް ފޮރެސްޓްރީ އިބްރާހީމް ޔުމާކްލީ މިއަދު ރައީސް ޑރ. މުޢިއްޒާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. އަންކާރާގެ ޕްރެޒިޑެންޝަލް ޕެލަސްގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ދ...