Quarterly Digital Edition

THILADHUN

Culture · Horizons · Long-Form Journalism

ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުން، ކޮޕް28އަށް ރާއްޖެއިން ކުރާ އުންމީދު
Cover Story · Feature Essay

ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުން، ކޮޕް28އަށް ރާއްޖެއިން ކުރާ އުންމީދު

މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ޤައުމުތަކުން އަޅާ ފިޔަވަޅުތައް ވަޒަންކުރާ “ގްލޯބަލް ސްޓޮކްޓޭކް” އިން، ޕެރިސް އެއްބަސްވުމާ އެއްގޮތަށް، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް އަމާޒު ހިފަންޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ކޮޕް28 ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި މިއަދު ޤައުމީ ބަޔާން އިއްވަވަމުންނެވެ. ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ކުރިއަށްދާ މި ބައްދަލުވުމުގައި ޤައުމީ ބަޔ...

Selected Essays & Island Profiles

ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުން، ކޮޕް28އަށް ރާއްޖެއިން ކުރާ އުންމީދު
Raajje

ހިމަބިހި ވެކްސިން ދިނުމުގެ ޤައުމީ ކެމްޕޭން ކުޅުދުއްފުށީގައި ލޯންޗްކޮށްފި
Raajje

ހިމަބިހި ވެކްސިން ދިނުމުގެ ޤައުމީ ކެމްޕޭން ކުޅުދުއްފުށީގައި ލޯންޗްކޮށްފި

ހިމަބިހި (މީސްލްސް) ވެކްސިން ދިނުމުގެ ޤައުމީ ކެމްޕެއިނެއް ކުޅުދުއްފުށީ ސިޓީގައި މިއަދު ލޯންޗްކޮށްފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނިގޮތުގައި މިއީ ހިމަބިހި (މީސްލްސް) އަދި ރުބެއްލާއިން ރައްކާތެރިކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ފެށި ހިމަބިޖި ވެކްސިން ދިނުމުގެ ޤައުމީ ކެމްޕޭނެކެވެ. މިކަމަށް ކުޅުދުއްފުށީ ސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ކެމްޕޭން ލޯންޗްކޮށްދެއްވީ ޞިއްޙީ ވުޒާރާގެ ސްޓޭޓް ވަޒީރު، އަޙްމަދު ޤާސިމްއެވެ. ދިވެހިރާއްޖޭގައި އެމްއާރު ވ...

އަމާޒަކީ ކަރަންޓުގެ %33 އުފައްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް ޤާއިމުކުރުން: ރައީސް
News

އަމާޒަކީ ކަރަންޓުގެ %33 އުފައްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް ޤާއިމުކުރުން: ރައީސް

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފައްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް ޤާއިމު ކުރުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުން މިއަދު ފެށިފައިފައިވާއިރު، ރައީސް މިހެން ވިދާޅުވީ، އެ ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި މިއަދު ޤައުމީ ބަޔާން އިއްވަވަމުން...

Fertilizers donated to some female farmers of Ha. Muraidhoo by Council
Thiladhunmathi News

Fertilizers donated to some female farmers of Ha. Muraidhoo by Council

Ha. Muraidhoo Council has donated fertilizers to some women farming in the island. Fertilizers were donated as part of "Economically Empowering Women" initiative under Gender Equality Action Plan of Muraidhoo Council. According to Muraidhoo Council, five...

ބީއެމްއެލް އެމެކްސް ކާޑުން ވިޔަފާރިކޮށްގެން 25،000ރ. ގެ ގިފްޓް ބަންޑައްޔެއް ހޯދުމުގެ ފުރުސަަތު
Business

ބީއެމްއެލް އެމެކްސް ކާޑުން ވިޔަފާރިކޮށްގެން 25،000ރ. ގެ ގިފްޓް ބަންޑައްޔެއް ހޯދުމުގެ ފުރުސަަތު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް) ގެ އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ލޯންޗްކޮށްފިއެވެ. ބީއެމްއެލުން އިއްޔެ ފެށި އެ ޕްރޮމޯޝަނަކީ އެ ބޭންކުން ދޫކޮށްފައިވާ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައާރަފްކުރި ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މި އަހަރުގެ ނިޔަލަށް ކަމަށެވެ. މި ޕްރޮމޯޝަނުގައި އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވާ ދެ...

އޭޑްސް ދުވަހާއި ގުޅުވައިގެން ހދ. އަތޮޅުގައި ހަރަކާތްތަކެއް
Raajje

އޭޑްސް ދުވަހާއި ގުޅުވައިގެން ހދ. އަތޮޅުގައި ހަރަކާތްތަކެއް

ދުނިޔޭގެ އޭޑްސް ބަލީގެ ދުވަހާއި ގުޅުވައިގެން ހދ. އަތޮޅުގައި ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މި އަހަރުގެ އޭޑްސް ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ “”Let Communities lead” މި ޝިއާރެވެ. މި ޝިޢާރުގެ މަގްސަދަކީ އޭޑްސް ބައްޔަށް ފަރުވާދިނުމުގައްޔާއި، ބަލި ޖެހިފައިވާ މީހުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އަދި ބޭނުންވާ ސަޕޯޓް ދިނުމުގައްޔާއި ބަލިންރައްކާތެރިވުމުގެ ގޮތުން ހިންގޭ ހަރަކާތްތަކުގައި އެންމެން އެއްބައިވެ، އާއްމުން އިސްނަގައިގެން ކުރިއަށްދިއުމެވެ. ހެލްތް ޕ...

ކޮޕް28 ގެ ހަވާސާގައި އިނގިރޭސި ރަސްގެފާނާއި، ރައީސް މުޢިއްޒު ބައްދަލުކުރައްވައިފި
Raajje

ކޮޕް28 ގެ ހަވާސާގައި އިނގިރޭސި ރަސްގެފާނާއި، ރައީސް މުޢިއްޒު ބައްދަލުކުރައްވައިފި

ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގެ ހަވާސާގައި، އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިން ވަނަ އާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ. އެކަން ހާމަކޮށް ރައީސް އޮފީހުން ބުނީ، މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފަ ކަމަށެވެ. މީގެ އިތުރުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރ...

މާލޭ މޭޔަރު ބައި-އިލެކްޝަން: ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ މި މަހު 9 ގައި
Raajje

މާލޭ މޭޔަރު ބައި-އިލެކްޝަން: ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ މި މަހު 9 ގައި

މާލޭ ސިޓީގެ މޭޔަރު އިންތިޚާބު ކުރުމަށާއި، މާލެ ސިޓީ ކައުންސިލަށް 3 މެންބަރަކު އިންތިޚާބު ކުރަންބާއްވާ ބައި-އިލެކްޝަންގައި ޕީޕީއެމް/ޕީއެންސީ (ޕްރޮގްރެސިވް ކޯލިޝަން)ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން ބާއްވާ ޕްރައިމަރީ މި ޑިސެމްބަރު މަހުގެ 9 ގައި ބާއްވަން ނިންމައިފިއެވެ. ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ވަނީ އެކަން ޢާންމުކޮށް ޢިއުލާންކޮށް، އެ ޕްރައިމަރީއަށް ކުރިމަތިލާން ޑިސެމްބަރު 4 ވަނަ ދުވަހުގެ 15:00 އަށް ހުޅުވާލާފައެވެ. މި ޕްރައިމަރީގައި ވޯޓު ލެވޭނީ މިއަދުގެ ނިޔަލަށް އެ ކޯލިޝަންގެ ޕާޓ...

''ދިވެހި މިޝަންތަކުގެ މަސައްކަތްތައް ބައްޓަން ކުރާނީ ދިވެހިންގެ ކަންކަމަށް މިހާރަށްވުރެ ސަމާލުކަން ދީގެން''
Raajje

''ދިވެހި މިޝަންތަކުގެ މަސައްކަތްތައް ބައްޓަން ކުރާނީ ދިވެހިންގެ ކަންކަމަށް މިހާރަށްވުރެ ސަމާލުކަން ދީގެން''

ދިވެހިރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ ދިވެހި މިޝަންތަކުގެ މަސައްކަތްތައް ކުރިއަށްގެންދާނީ ބޭރުގައި އުޅޭ ދިވެހިންގެ ކަންކަމަށް މިހާރަށްވުރެ ސަމާލުކަން ދީގެން، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރާނެ ގޮތަށްކަމުގައި ރައީސް ޑރ. މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޔުނައިޓެޑް ޢެރެބް އެމިރޭޓްސް (ޔޫއޭއީ)ގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގައެވެ. ދުބާއީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައީސް ވިދާޅުވީ...