ތިން ބިޑި އާއި 140 ގުރާމުގެ މަސްތުވާތަކެއްޗާއި އެކު ހުޅުމާލެއިން ދެ ޒުވާނުން ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާ ދެކޮޅަށް ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތިން ބިޑިއާއި 140.03 ގުރާމުގެ ތަކެއްޗާއެކު ދެ ޒުވާނަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް އެ ދެ މީހުން ގެންގޮސްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ގެ ވެމްކޯ ބުރިޖު ކައިރިންނެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފަ...