ވީއޭއާރުން ގިނަ ނިންމުންތަކެއް ނިންމި މެޗު ފަހުވަގުތު ރެއާލުން ކާމިޔާބުކޮށްފި
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑެރިޑާއި އަލްމޭރިއާ ބައްދަލުކުރި މެޗު ފަހަތުން އަރައި ރެއާލުން ކާމިޔާބު ކޮށްފިއެވެ. މި މެޗު ރެއާލުން ކާމިޔާބުކުރީ އަލްމޭރިއާ ދެ ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު (3-2) ޖަހައިގެންނެވެ. މި މެޗުގެ ފުރަތަމަ މިނެޓުގައި ރެއާލުގެ ފަހަތުން ނަޗޯ ހެދި ގޯހެއްގެ ފައިދާނަގައި އަލްމޭރިއާގެ ރޮބާޓޯން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ލަނޑުޖަހައި އެ ޓީމަށް ލީޑު ހޯދައިދިނީ ރަމަޒާނީއެވެ. މި ހާފުގައި އަލްމޭރިއާއިން ވަނީ މޮޅު ޑިފެންސިވް […]