މަޖިލިސް 2024: ޖުމްލަ 608 ވޯޓު ފޮށި، ބޭރު 6 ޤައުމެއްގައި ބަހައްޓާނެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ބޭރު ހަ ޤައުމެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އީސީން ބުނިގޮތުގައި މި އިންތިޚާބުގައި ޖުމްލަ 608 ވޯޓު ފޮށި ބަހައްޓާނެއެވެ. ރީ-ރަޖިސްޓްރޭޝަން މަރުޙަލާ ނިމުމުން، މި އަދަދުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އީސީން ބުނެއެވެ. މި އިންތިޚާބުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ތަންތަނަކީ އިންޑިއާގެ ތިރިވަރަމްދަމްޕޫރަމް (ޓްރިވެންޑްރަމް) އާއި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އާއި...