އަހަރު ދުވަހުގެ ޕީއެޗްޑީ ދިރާސާއަކަށް ވެލިފިނޮޅު ސަރަހައްދުގައި އާލާތްތަކެއް ބަހައްޓާތީ ދަތުރުވެރިން ސަމާލުވުމަށް އެދެފި
ހއ. ވެލިފިނޮޅު ހިމެނޭ ފަޅުތެރޭގައްޔާއި، ވެލިފިނޮޅާއި ހޯރަފުށްޓާ ދެމެދު އޮންނަ ފަޅު ސަރަޙައްދުގައި ޕީއެޗްޑީ ދިރާސާއަކަށް ބޭނުންވާ ސާމްޕަލް ނެގުމަށާއި މޮނިޓަރ ކުރުމަށް ޚާއްޞަ އާލާތްތަކެއް ބަހައްޓާފައިވާތީ، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުން ސަމާލުވުމަށް ހޯރަފުށީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ. ކައުންސިލުން މިކަމަށް އިލްތިމާސްކުރީ އާންމު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ނެރުނު އިޢުލާނެއްގައެވެ. ހޯރަފުށީ ކައުންސިލުން ބުނީ މިއީ ނެޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޯރ އިން ޕީއެޗްޑީ ފުރިހަމަ...