ދިއްދޫ އެއާޕޯޓު ހަގީގަތަކަށް ހަދައި ދޭނަން: ރައީސް
ހއ. ދިއްދޫ ބިން ހިއްކައިގެން އެއާޕޯޓު އެޅުމުގެ މަޝްރޫއު ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ބޮޑުތިލަދުންމައްޗަށް ރައީސް މުއިއްޒު ފެއްޓެވި ދަތުރުފުޅުގައި ހއ. ދިއްދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގައި ދިއްދު އަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައި ދެއްވާނެ ކަމަށެވެ. ދިއްދޫގައި ކުރަން އޮތް އެންމެ މުހިންމު އެއް ކަމަކީ ސިއްހީ ނިޒާމު ވ...