މިސްކިތްތަކާއި ވަޤުފު ބިނާތައް ތަރައްޤީކޮށް ބެލެހެއްޓުމަށް ސަރުކާރުގެ ކުންފުންޏެއް
ދީނީ ކަންކަމަށް ހޭދަކުރުމަށާއި، މިސްކިތްތަކާއި ވަޤުފު ބިނާތައް ތަރައްޤީކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށްޓަކައި “މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް” ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. މި ކުންފުނި އުފައްދަވާފައިވަނީ ކުންފުނީގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ. މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރ...