ސާޖަންޓް އެޓް އާމްސްގެ މަގާމަށް ތޮލްހަތު އައްޔަންކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް ކުރިން ސިފައިންގޭގައި މަސައްކަތް ކުރި ތޮލްހަތު ހަސަން އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ. ސާޖެންޓް އެޓް އާމްސްއަކީ، ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ މަގާމާ ޖެހިގެން ދެ ވަނައަށް އެންމެ އިސްވެރިޔާއެވެ. އެ މަގާމަށް ތޮލްހަތު އައްޔަން ކުރަން ފާސްވީ މަޖިލިހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ. ތޮލްހަތު އެމްއެންޑީއެފުން ރިޓަޔާ ކުރެއްވުމުގެ ކުރިން ހުންނެވީ މޭޖާގެ ރޭނ...