ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހެއްގެ ހާލު ސީރިއަސް
ފުއްމުލަކު ސިޓީގައި އެކްސިޑެންޓެއް ހިނގައި، އެ އެކްސިޑެންޓްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގާފައިވާކަމަށް ރޭ 23:43 ހާއިރު އެ އިދާރާއަށް ވަނީ ރިޕޯޓުކޮށްފައެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ މީހަކު ދުއްވި ސައިކަލެއް ކޮންޓްރޯލްނުވެ، ޒިބްރާ ކްރޮސް ޕޯސްޓްގެ ދަނޑީގައި ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ފުވައްމުލަކު ހޮސްޕިޓަލުން ފަރުވާ ދެމުން އަންނައިރު، އޭނާގެ ހާލު ސީރިއަސްކަމ...