އެމެރިކާއާއި އީރާނުގެ މަޝްވަރާތަކަށް ކުއްލި ކުރިއެރުމެއް، ޖާމިނުވަނީ ރަޝިއާ އާއި ޗައިނާ
އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ނުސީދާ މަޝްވަރާތަކުގައި ބޮޑު ކުރިއެރުމެއް ލިބި، ދެ ފަރާތުގެ ދެމެދުގައި އިބްތިދާއީ ފިޔަވަޅުތަކަކަށް އެއްބަސްވެވިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ޤަތަރުން މެދުވެރިއެއްގެ ދައުރު އަދާކުރި މި މަޝްވަރާތަކުގައި އެއްބަސްވެވުނު ކަންކަން ކަށަވަރުކުރުމުގެ ބައިނަލްއަޤްވާމީ ޖާމިނުދާރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ޗައިނާއާއި ރަޝިއާއެވެ. ލަންޑަނުގައި ހިންގާ، ޤަތަރުގެ “އަލްޢަރަބީ އަލްޖަދީދު” އިން އެންމެ ފުރަތަމަ ރިޕޯޓްކުރި ގޮތުގައި، މި އިބްތިދާއީ އެއްބަސްވުމަކަށް އާދ