ސީޒަންގެ ފަހުބައިގައި ތަފާތުދައްކައި، ޗެލްސީން ޔޫރަޕް ފުޓްބޯޅައާއި ދިމާއަށް
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާއި ވެސްޓް ހޭމް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޗެލްސީން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ދަނޑުގައި ޗެލްސީން ވަނީ 5-0 ގެ ނަތީޖާއިން ވެސްޓްހޭމް ބަލިކޮށްފައެވެ. ކުޅުންތެރިން ހޯދުމަށް ބިލިއަނުން ހަރަދުކޮށް ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އައު އެތައް ކުޅުންތެރިންނާއިއެކު ސީޒަންފެށި ޗެލްސީ، ސީޒަންގެ ފުރަތަމަ ކޮޅު ނެރުނީ ވަރަށް ދަށް ނަތީޖާތަކެކެވެ. ނަތީޖާތައް ދަށްވުމުގެ ސަބަބުން ސީޒަންގެ ބޮޑުބައިގައި ޗެލްސީ އޮތީ ވެސް ޕޮއިންޓް ތާވަލުގެ ދިހަވަނައަށް ވުރެ ދަށުގައެވެ....