ކުށްކުރާ ކުޑަކުދިން އިސްލާހު ކުރަން ހާއްސަ ރަށެއް ކަނޑައަޅަން ނިންމައިފި
ކުށްކުރާ ކުޑަކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، އެކުދިން އިސްލާހު ކުރަން “ހޯޕް އައިލެންޑް” ނަން ކިޔާ ރަށަކަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު އިއުލާންކޮށްފައެވެ. އެ މިނިސްޓްރީން އެގޮތަށް އިއުލާން ކުރި ނަމަވެސް އެ ކުދިން ގެންދާނެ ވަކި ރަށެއް އަދި ކަނޑަނާޅައެވެ. އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ރިހިބިލިޓޭޓުކޮށް އެކުދިން އަނބުރާ...