ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިހަވަންދޫ ބަނދަރުތެރޭ ފައިބަރު މަސައްކަތް ކުރުން މަނާވާނެ
ހއ.އިހަވަންދޫ ބަދަނދަރުތެރޭ އެއްވެސް ސިފައެއްގައި ފައިބަރގްލާސް މަސައްކަތް ކުރުން އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަނާކުރުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. އިހަވަންދޫ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ އެ ކައުންސިލުގެ 4 ވަނަ ދައުރުގެ 148 ވަނަ އާންމު ބައްދަލުވުމުގައެވެ. އެ ކައުންސިލުން ބުނީ ގިނަ ރައްޔިތުންގެ ފަރާތުން ޝަކުވާ ލިބެމުންދާތީއާއި އެ މަސައްކަތަކީ ސިއްހަތަށް ނުރައްކާތެރި ކަމަކަށްވާތީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި، ބަނދަރުތެރޭ ފައިބަރގްލާސްއާއ...