ޙާފިޒް އަވަހާރަވުމާއި ގުޅިގެން ޢާއިލާއަށް ރައީސްގެ ތައުޒިޔާ
ދިވެހިދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ، އަޙްމަދު ޙާފިޒް އަވަހާރަވުމާއި ގުޅިގެން އެ ޢާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ. މަރްޙޫމް އަޙްމަދު ޙާފިޒަކީ ދައުލަތުގެ އެކިމަގާމުތައް 33 އަހަރަށްވުރެ ގިނަ މުއްދަތަކަށް ފުރުއްވާފައިވާ، ޚާއްޞަގޮތެއްގައި ސަރުކާރުގައި މަސްވެރިކަމުގެ ޕޮލިސީތައް އެކަށަހަޅުއްވައި، މަސްވެރިކަމުގެ ދާއިރާއިން އާންމުން ހޭލުންތެރި ކުރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މަރްޙޫމް ޙާފިޒު އަވަހާރަވީ ކެންސަރު ބަލ...