ސިޑްސް ގައި ބައިވެރިވެވަޑައިގަތުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި
ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ރާއްޖެ ވަޑައިގެންފިއެވެ. ސިޑްސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ރަސްމީ ދަތުރުފުޅެއްގައި ފުރައިވަޑައިގަތީ މި މޭ މަހުގެ 25 ވަނަ ދުވަހުއެވެ. ރައީސް މިރޭ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ، ރައްޔިތުންގެ މަޖިލީހުގ...