ހުއްދަނެތި ބަނގުރާ ވިއްކަމުން ދިޔަ ސަފާރީ އަކުން ގިނަ އަދަދެއްގެ ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފި
ހުއްދަނެތި ބަނގުރާ ވިއްކަމުން ދިޔަ ސަފާރީ އަކުން ގިނަ އަދަދެއްގެ ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، މާފުށި ބޭރުގައި އޮތް ސަފާރީއެއްގައި ހުއްދަނެތި ބަނގުރާ ވިއްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މާފުށި ޕޮލިސް ސްޓޭޝަން، ޑްރަގް އެންފޯސްމަންޓު، ފޮރެންސިކް ޑިޕާޓްމަންޓު، މެރިން ޕޮލިސް އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެންނެވެ. މި އޮޕަރޭޝަނުގައި، އެ ސަފާރީ ބަލައިފާސްކޮ...