ބްރިޖު މެއިންޓަނަންސް މަސައްކަތުގައި އުޅުނު ބިދޭސީއަކު މަރުވެއްޖެ
ސިނަމާލެ ބްރިޖު މެއިންޓަނަންސް މަސައްކަތުގައި އުޅުނު ބިދޭސީއަކު މަރުވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ މާލެ-ހުޅުލެ-ހުޅުމާލެ ގުޅުވާލަދޭ ބްރިޖު މެއިންޓަނަންސް މަސައްކަތުގައި އުޅެނިކޮށް ބިދޭސީއަކު އަނބުރައިގަނެގެން ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއީ އަވަށްޓެރި އިންޑިއާ އަށް ނިސްބަތްވާ މީހެއް ކަމަށް ވެސް ފުލުހުން ބުނެއެ...