އިޓަލީ ބަލިކޮށް ސްޕެއިން ދެވަނަ ބުރަށް
ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއާއި ސްޕެއިން ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް، ދެވަނަ ބުރުން ސްޕެއިން ޖާގަ ހޯދައިފިއެވެ. ސްޕެއިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ފަހިކޮށްފައެވެ. މެޗުގެ ވަރަށް ކުރީކޮޅު އިޓަލީގެ އޭރިއާ ތެރެއިން ތަނަވަސްވީ ފުރުސަތެއްގައި ސްޕެއިންގެ މިޑްފީލްޑަރ ޕެޑްރީ ގޮންޒާލޭޒް ބޮލުން ޖެހި ބޯޅަ އިޓަލީގެ […]