އަތަމާ ޢަބްދުއްލަޠީފް އަވަހާރަވެއްޖެ
ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މ.މއ.އަތަމާގެ، އަބްދުއްލަތީފު ހުސައިން މަނިކު (އަތަމާ ޢަބްދުއްލަޠީފް) މިއަދު އަވަހާރަވެއްޖެއެވެ. އުމުރުފުޅުން 94 އަހަރުގައި އަތަމާ ޢަބްދުއްލަތީފް އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެއްވަމުން ގެންދަވަނިކޮށެވެ. އަތަމާ ޢަބްދުއްލަޠީފަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރައްވާ، ޙައްޖަށް މީހުން ގެންދިއުމުގެ މަސައްކަތް ގިނަ އަހަރުތަކެއް ވަންދެން ކުރެއްވި ޚިދުމަތްތެރިއެކެވެ. ރާއްޖޭގައި ގިނަ ބަޔަކު ޙައްޖަށް ގެންގޮސްދެއްވުމުގެ މަސައްކަތް ކޮށްދެއްވާފައިވާތީ ޖަމ...