ހަނިއްޔާ އަވަހާރަކޮށްލުމުގައި އެމެރިކާ ބައިވެރިވާ ކަމަށް އީރާނުން ތުހުމަތުކޮށްފި
މެދުއިރުމަތީގެ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެ، ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމުގައި އެމެރިކާ ބައިވެރިވާ ކަމަށް އީރާނުން ތުހުމަތުކޮށްފި އެވެ. އީރާނުގެ ޚާރިޖީ ވުޒާރާއިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއިން އިޒްރޭލަށް ތާއީދު ކުރާތީ، ހަނިއްޔާ އަވަހާރަކޮށްލުމުގެ ޒިންމާ ވޮޝިންޓަނުން އުފުލާން ޖެހޭނެ ކަމަށެވެ. އެ ހަމަލާ ދިން ފަރާތަކީ އިސްރާއީލަށް އިޝާރާތްކޮށް އެ މިނިސްޓްރީން ބުނީ އެއީ ފަލަސްތީނުގެ ލީޑަރުންނާ ދެކޮޅަށް ޔަހޫދީ ދައުލަތުން ހިންގާ ކެމް...