ކައްވަޅުގެ ޢަޛާބު އިވޭ ބަޔަކު ކަމުގައި ތިޔަބައިމީހުން ވީނަމަ ބިރުން މަރުވެދާނެތެވެ.
ދުނިޔަވީ ޙަޔާތުގައި އިންސާނުން އެކި ބާވަތުގެ މަސައްކަތްތަކުގައި ނިމިގެންވެއެވެ. މި މަސައްކަތްތައް ކުރުމުގައި، އޭގެ ނަތީޖާއާމެދު ފުންކޮށް ވިސްނައި ފިކުރުކުރެއެވެ. އެއީ އެކަމުގެ ސަބަބުން ލިބިދާނެ މަންފާއާއި ގެއްލުމުގެ މައްޗަށް ރިޢާޔަތްކޮށް، އެންމެ ފައިދާހުރި ގޮތް އިޚްތިޔާރުކޮށް، ގެއްލުންހުރި މަގުން ދުރުހެލިވުމަށްޓަކައެވެ. ޝައްކެއްނެތް ގޮތުގައި، ކައްވަޅަކީ އެންމެ ބޮޑަށް ރައްކާތެރިވުން ޙައްޤުވެގެންވާ ތަނެވެ. އެހެނީ އެއީ އާޚިރަތުގެ އެންމެ ފުރަތަމަ މަރުޙަލާ ކަމުގައިވާތީއެވެ. ކައްވަޅުން ސަލާމަތްވެއްޖެނ...