ވަޅިން ބިރުދައްކައި ފޯނެއް ފޭރުނުކަމަށް ތުހުމަތުވާ އަންހެނަކު ހައްޔަރުކޮށްފި
މާލޭގެ މަގުމަތިން ވަޅިން ބިރުދައްކައި ފޯނެއް ފޭރުނުކަމަށް ތުހުމަތުވާ އަންހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މާލޭގެ މަގުމަތިން ވަޅިން ބިރުދައްކައި ފޯނެއް ފޭރުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާގެ ވަނަވަރު ވެސް ފުލުހުން މިރޭ ވަނީ އާންމުކޮށްފައެވެ. މިގޮތުން މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 26 އަހަރުގެ، ޝާނާ މުހައްމަދު ޖުނައިދު، ބުރުނީގެ/ގދ.ވާދޫ އެވެ. މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.