ހަމަލާދޭން އޮތީ މަދު ގަޑިއިރެއްކަމަށް ބުނުމުން އީރާނުގެ ރައްދު: 'ތަސައްވުރު ވެސް ނުކުރެވޭ ވަރުގެ ރައްދެއް ދޭނަން'
އީރާނާ ދެކޮޅަށް ގުޅިގެން އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް އެމެރިކާއާއި އިސްރާއީލުން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ނިންމައި، އެ ސަރަހައްދުގައި ތިބި ފައުޖުތައް އެންމެ މަތީ ދަރަޖައިގެ އެލާޓަށް ގެނެސްފައިވާކަމަށް ފަހުގެ ރިޕޯޓްތައް ބުނެފިއެވެ. އަމުރެއް ލިބިއްޖެ ހިނދެއްގައި ގުނާލެވޭ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ހަނގުރާމައިގެ މައިދާނަށް ނުކުތުމަށް މި ދެ ގައުމުގެ އަސްކަރިއްޔާ އޮތީ ތައްޔާރަށްކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. މިއާއިއެކު އިސްރާއީލާއި އެމެރިކާ ގުޅިގެން އަލުން ހަމަލާއެއް ދީފިނަމަ، “ތަ