އިޒްރޭލްގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ 41600 އަށްވުރެ މައްޗަށް
އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު 23 މީހުން ޝަހީދުވެފައިވާއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 41,638 އަށް އަރާފައި ކަމަށް ޣައްޒާގެ ޞިއްޙަތާބެހޭ މިނިސްޓްރީން މަޢުލޫމާތު ދީފިއެވެ. ޞިއްޙަތާބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިހާތަނަށް 96,460 މީހުން ވަނީ ޒަޚަމްވެފައެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދީފައިވާ ހަމަލާތަކުގައި 23 މީހުން ޝަހީދުވެ، 101 މީހުން ޒަޚަމްވެފައިވާ ކަމަށް ބުނެފައިވެއެވެ...